ގެއްލިގެން ހޯދަމުންދިޔަ ކުޅުދުއްފުށީ ޒުވާނާގެ އަމިއްލައަށް ގެއަށް އަތުވެއްޖެ

ގެއްލިގެން ހޯދަމުންދިޔަ ކުޅުދުއްފުށީ ޒުވާނާގެ އަމިއްލައަށް ގެއަށް އަތުވެއްޖެ

Author
ޙަސަން މުޙައްމަދު
12 އޮގަސްޓް 2024 01:32
0

މާލެއިން ގެއްލިގެން ހޯދަން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯދަމުން ދިޔަ ޒުވާނާގެ ޚަބަރެއް ވެފައިވާ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ހދ. ކުޅުދުއްފުށި، ކިނާރުގެ، އުމުރުން 23 އަހަރުގެ އަޙްމަދު އަނިލް މުޙައްމަދެވެ.

މިއަދު ފުލުހުން ބުނީ އާއިލާ އިން މައުލޫމާތުދީފައިވާ ގޮތުން އޭނާ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ބުނެފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ބުނެފައިވަނީ އާއިލާއާ އަނިލް މިހާރު އުޅެނީ މާލޭގައި ކަމަށާއި، އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.

އެގޮތުން އެ ދުވަހު އޭނާއާ ފޯނުން ގުޅުނު ނަމަވެސް ފަހުން ޚަބަރެއް ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.