ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރި ސްވިމިން ޕޫލަކީ ރައީސް ޔާމީންގެ މަސައްކަތެއް ކަމަށާއި، ނަމަވެސް މިމަސައްކަތުގައި ދައްކަން ޖެހުނު ހުރިހާ ފައިސާއެއް އެޗްޑީސީއަށް ދެއްކީ މިސަރުކާރު ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ތަރައްޤީ ކުރައްވާފައިވަ ސްޕޯޓްސް ކޮމްޕްލެކްސްގައި އަޅާފައިވާ ސްވިމިންގ ޕޫލް އާއްމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލުމަށް ނިންމަވުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ މި ތަރައްޤީއަކީ ދިވެހި ޒުވާނުންގެ ޖީލަށްޓަކައި ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީކަމަށެވެ. މިއަދު މިތަންތަން ހުޅުވައި ބޭނުން ކުރަމުންދާއިރު މިއީ މިސަރުކާރުން ޚާއްސަކޮށް ރައީސް ޞާލިހު ކުރެއްވި މަސައްކަތްތަކެއްކަމަށް ދެއްކެވުމަށް މަސައްކަތް ކުރެއްވިޔަސް އެކަން ނުވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ މިވާތަކާއި ގުޅިގެން މިނިސްޓަރ މަހުލޫފް ވިދާޅުވީ، ސްވިމިން ޕޫލަކީ ރައީސް ޔާމީންގެ މަަސައްކަތެއް ކަމަށެވެ. ނަމަވެސް އެޗްޑީސީއަށް ދައްކަން ޖެހުނު 16 މިލިޔަން ރުފިޔާ ދެއްކީ ރައީސް ޞާލިހުގެ ސަރުކާރުން ކަމަށެވެ. މިނިސްޓަރ ފަހުލޫފް ވިދާޅުވީ އެ ސްވިމިންގ ޕޫލުގެ ކްރެޑިޓް ނަންގަވަން ރައީސް ޞާލިހު ނޫޅުއްވާ ކަމަށެވެ.
Thiee Raees Yameen ge masahkatheh / credit ves RYameen ah.
HDC ah dhakkanjehey 16M dhekkee misarukaarun.
Raees @ibusolih thikamuge credit eh nunangavaa.
Masahkaiy kuravvanee Olympic standard ge swimming pool eh elhuvvumah. Adhi swimming track ge masahkaiy IA edhanee nimen. ?? https://t.co/cZoslu5H4S
— Ahmed Mahloof (@AhmedMahloof) December 24, 2020
ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ގާއިމް ކުރެވިފައިވާ ސްޕޯޓް ކޮމްޕްލެކްސް ޔޫތް މިނިސްޓްރީއާއި ހަވާލުކުރިއިރު މި ކޮމްޕްލެކްސްގައި 25 މީޓަރުގެ ސްވިމިންގް ޓްރެކްއެއްގެ އިތުރުން ޖިމްއެއް ގާއިމް ކޮށްފައިވެ އެވެ. އަދި އެއަށް ފަހު ސްވިމިންގް ޕޫލް ބަލަހައްޓަން ސްވިމިންގް އެސޯސިއޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ. ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ