ފުލުހުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން 3 މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
އެ ފަރާތްތަކަކީ:
- މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ. ގުރައިދޫ / ވަލުގެ، މުޙައްމަދު ޢަޒީމް (33އ) އެވެ.
މުޙައްމަދު ޢަޒީމް ހޯދަމުންދަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 އޮގަސްޓް 14 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ފުލުހުން ބުނެފައިވަނީ މުޙައްމަދު ޢަޒީމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމުގައެވެ.
- ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ސަލީމާ ސަލީމް، މ. ގޯބިލިގަސްދޮށުގެ / ކ. މާލެ (52އ)
އައިޑީ ކާޑު ނަންބަރު: A125066
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2024 އޮގަސްޓް 20 ވަނަ ދުވަހުގެ 10:00 އަށް
3. ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: މުޙައްމަދު ޙަމްދާން، ކ. ތުލުސްދޫ / ވައިޓްރޯސް (38އ)
އައިޑީ ކާޑު ނަންބަރު: A082638
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2024 އޮގަސްޓް 18ވަނަ ދުވަހުގެ 13:00 އަށް
ކޮމެންޓު ފޮނުވާ