މާލޭގައި ދިރިއުޅެމުންދާ ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި ގެއްލިފައިވާ ފަރާތަކީ ހދ. ކުޅުދުއްފުށި / ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23 އަހަރު) އެވެ. އޭނާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާއާ ގުޅުން ކެނޑި، ޚަބަރެއް ނުވާތާ ދުވަސްތަކެއް ވެއްޖެއެވެ.
އަޙްމަދު އަނިލް މުޙައްމަދުގެ އާއިލާއިން ފުލުހުންނަށް ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އޭނާގެ އެންމެ ފަހުގެ ޚަބަރެއް ލިބިފައިވަނީ މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު، ފޯނުންނެވެ. އެއަށްފަހު އޭނާއާ ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ވަނީ އަޙްމަދު އަނިލް މުޙައްމަދު ހޯދުމުގެ މަސައްކަތް ފަށައި، އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން އެ މަޢުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭ މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ