ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން މިމަހު އިތުރު 200 ހަތީބުން ތަމްރީނުކޮށް ނިމޭނެ

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން މިމަހު އިތުރު 200 ހަތީބުން ތަމްރީނުކޮށް ނިމޭނެ

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް މި ސަރުކާރުން ފަށާފައިވާ ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން އިތުރު 200 ހަތީބުން މިމަހު ތަމްރީނުކޮށް ނިމޭނެ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ ޒުވާން ހަތީބުން އުފެއްދުމަށް ހިންގާ ޕްރޮގުރާމުގެ ދެވަނަ ބުރުގައި ބައިވެރިވި ޒުވާނުން ތަމްރީނުކޮށް ނިންމައި، އެމީހުންނަށް ސަނަދު ދިނުމުގެ ހަފުލާ މި ހަފުތާގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ހަތީބުން ތަމްރީނު ކުރުމުގެ ދެވަނަ ބުރުގައި 200 ޒުވާނުން ބައިވެރިވިއެވެ. އަދި މި ޕްރޮގުރާމުގެ ދެވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމުން، އަށް މަސްދުވަހުގެ ތެރޭގައި 300 ހަތީބުން ތަމްރީނުކޮށް ނިންމައިލެވުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން މި ޕްރޮގުރާމުގެ ދަށުން 100 ޒުވާނުންވަނީ ހަތީބުކަމުގެ ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި މި ޕްރޮގުރާމުގެ އަމާޒަކީ ޖުމްލަ 1،000 ހަތީބުން ތަމްރީނުކޮށް ނިންމުމެވެ. އަދި މިހާތަނަށް މި ޕްރޮގުރާމަށް ލިބުނު ތަރުހީބަށްޓަކައި އުފާކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގުރާމަކީ ރީތިކޮށް ގުރުއާން ކިޔަވައި، ހުތުބާ ކިޔާނެ އަދި ބަންގި ގޮވާނެ ޒުވާން ޖީލެއް ބިނާކުރުމަށް އަމާޒުކޮށްފައިވާ ޕްރޮގުރާމެއް ކަމަށާއި، މި ޕްރޮގުރާމު ހިންގަވަނީ ރައީސް ޑރ. މުޢިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ