މަޖިލިސް ރައީސަށް އަބުދުއްރަހީމް އަބުދުﷲ އަށް އދ. މާމިގިލިން، ހޫން މަރުހަބާއެއް ދަންނަވައިފިއެވެ. ވިލާ އެއަރގެ ފްލައިޓަކުން އދ. މާމިގިއްޔަށް ވަޑައިގެންނެވި އަބްދުއްރަހީމް އަބްދުﷲ އަށް ރަތް ދޫލައިގެ މަރުހަބާއެއް ދެންނެވީ، ވިލާ ކުންފުނީގެ ޗެއަރމަން އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމްއެވެ.
އެނގިފައިވާ ގޮތުގައި އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މާމިގިލި އެއަރޕޯޓަށް ވަޑައިގަތުމުން އަބްދުއްރަހީމަށް މަރުހަބާ ދެންނެވުމަށް އެއަރޕޯޓުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރުންވެސް ހާޒިރު ވެފައި ވެއެވެ.
މި ދަތުރުފުޅުގައި މަޝްވަރާކުރައްވާ ކަންކަން ފަހުން ހާމަކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.