ސައިކަލު ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ގެއްލުން ލިބުނު ފަރާތްތަކުގެ މައުލޫމާތު ހޯދަނީ

ސައިކަލު ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ގެއްލުން ލިބުނު ފަރާތްތަކުގެ މައުލޫމާތު ހޯދަނީ

Author
ޙަސަން މުޙައްމަދު
08 އޮގަސްޓް 2024 02:27
0

ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ރިޕޯޓް ކޮށްފައިވާތީ، އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން، ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދި، ފުލުހުން އިއްޔެ ވަނީ އިއުލާން ކޮށްފައެވެ.

މި މައްސަލަ ފުލުހުން ބަލަން ފަށާފައި މިވަނީ އެ ތަނުން ސައިކަލު ގަންނަން ފައިސާ ދައްކާފައިވާ އެތައް ބަޔަކު ކުންފުނީގެ ޝޯ ރޫމް ސަރަހައްދުގައި އަޑުފުލާފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.