މާލޭގެ އެޕާޓްމަންޓެއްގައި ހިންގުނު އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަތުލައި، ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 3 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ 21 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ. އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހީގެ ޖުމްލަ ބަރުދަނަކީ 72.1 ގްރާމް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނެވެ. އެގޮތުން 21 އަހަރުގެ މީހާ 15 ދުވަހަށް އަދި 35 އަހަރުގެ މީހާ 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި މައްސަލަ މިހާރު ތަޙްޤީޤުކުރަމުން ގެންދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންނެވެ.
ކޮމެންޓު ފޮނުވާ