ފެހެންދޫ ލަފާފުރުމަށް ހައްލެއް، މަސައްކަތުގެ 62 އިންސައްތަ ނިމިއްޖެ

ފެހެންދޫ ލަފާފުރުމަށް ހައްލެއް، މަސައްކަތުގެ 62 އިންސައްތަ ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 01:58
0

ބ.ފެހެންދޫގެ ބަނދަރުގެ ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީން) ހާމަކޮށްފައިވާ ގޮތުގައި ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 62 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ.

ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، 130 މީޓަރުގެ ބޭރު ތޮށްޓެއްލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ކީވޯލްހެދުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، 649.6 މިލިއަން ރުފިޔާއަށެވެ.

ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.