ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފްގެ ދަރިކަނބަލުން ލައިބާ އަޙްމަދު މަހްލޫފް، (އެލީ) އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާ އާ ބައްދަލުކޮށްފިއެވެ.
ލައިބާގެ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ކުރު ވީޑިއޯ ޕޯސްޓެއްގައި ފެންނަނީ ކަޕިލް ޝަރަމާ އާއެކު ފޮޓޯއަކަށް ހުއްޓިގެން ހުންނަ މަންޒަރެވެ. އަދި ކަޕިލްގެ ކޮމެޑީ ޝޯވ " ދަ ކަޕިލް ޝަރްމާ ޝޯވ" ގެ ޝޫޓިންގައި ބައިވެރިވެވުމަކީ ތަފާތު ތަޖުރިބާއެއް ކަމަށް ލައިބާގެ ޕޯސްޓްގައި ލިޔެފައި ވެއެވެ. ކޯވިޑް-19ގެ ސަބަބުން އޯޑިއެންސް ނުވައްދާ މިހާރު ކުރިއަށްގެންދާ ކަޕިލްގެ ޝޯވް ބަލާލުމަށް ބައެއްފަހަރު ވަރަށް ހާއްސަ ފަރާތްތަކަށް ފުރުސަތު ދެއެވެ.
It was so much fun and a great experience to be in the shooting of @TheKapilSShow.
Happy to meet you @KapilSharmaK9 bhaiya. ❤️ pic.twitter.com/pLtjZRjg1A
— Laiba Ahmed Mahloof (@Laiba_2013) December 24, 2020
މިނިސްޓަރ އަޙްމަދު މަހްލޫފްގެ ދަރިކަނބަލުން ލައިބާ އަޙްމަދު މަހްލޫފާއި އަނބިކަނބަލުންނާއެކު އިންޑިއާގެ މުމްބާއީއަށް ވަޑައިގެންފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ފަހުން އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝާން އާ ސްޓޫޑިއޯއެއްގެ ތެރޭ ބައްދަލުކޮށް ޝާން އާއެކު ނަގާފައިވާ ވީޑިއޯއެއްވެސް އެލީ ވަނީ މިމަހުގެ 17 ވަނަ ދުވަހު ޓްވީޓްކޮށްފައެވެ. އަދި ހަމަ އެދުވަހު ޝާން ވެސް މި ވީޑިއޯ ރިޓްވީޓް ކޮށްފައި ވެއެވެ.
The pleasure was all mine !! Lots of love to Elli !! May she keep Singing and Smiling :)) @Laiba_2013 @AhmedMahloof ?❤️ https://t.co/RdWaNmi6e4
— Shaan (@singer_shaan) December 17, 2020
މިނިސްޓަރ މަހްލޫފްގެ އިތުރުން ދަރިކަނބަލުން އެލީ އަކީ ވެސް ލަވަ ކިއުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. މަހްލޫފް މީގެ ކުރިންވެސް އިންޑިއާގެ ބައެއް ފަންނާނުންނާ އެގައުމަށް ކުރައްވާ ދަތުރުފުޅު ތަކުގައި ބައްދަލު ކުރައްވައެވެ.
ކޮމެންޓު ފޮނުވާ