ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 77 ބިލިއަން ޑޮލަރު އޮޅިގެން ޖަމާކޮށްފި

ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 77 ބިލިއަން ޑޮލަރު އޮޅިގެން ޖަމާކޮށްފި

Author
ޙަސަން މުޙައްމަދު
01 އޮގަސްޓް 2024 04:44
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮޅިގެން ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރައަށް 77 ބިލިއަން ޑޮލަރު ޖަމާކޮށްދީފިއެވެ.

އެނގިފައިވާ ގޮތުގައި، އެ ރިސޯޓުގެ ގިނަ މުވައްޒަފުންގެ އެކައުންޓަށް ވަނީ އެ މީހެއްގެ މުސާރަ ޖަމާވާ އެކައުންޓު ނަންބަރާ އެއްވަރުގެ އަދަދެއް ޑޮލަރުން ޖަމާކޮށްދީފައެވެ. ބައެއް މުވައްޒަފުންގެ އެކައުންޓަށް 77 ބިލިއަން ޑޮލަރު ވަނީ ޖަމާކޮށްފައެވެ.

އެ ރިސޯޓުގައި ގާތްގަނޑަކަށް 180 އަށްވުރެ ގިނަ މީހުން މަސައްކަތްކުރެއެވެ.

އެނގިފައިވާ ގޮތުގައި، އެ އެކައުންޓުތަކަށް ފައިސާ ޖަމާވިތާ ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓު ފަހުން ބީއެމްއެލުން ވަނީ، ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން ޑައުންކޮށްފައެވެ.

ބީއެމްއެލުންވެސް ވަނީ އެ ކުންފުނީގެ އެޕްލިކޭޝަން ޑައުންވެފައިވާ ކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.