ރަހާގެ ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް

ރަހާގެ ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް

Author
ފާތިމަތު ނާވީ
31 ޖުލައި 2024 11:38
0

މިހާރު އެންމެ ބޮޑު ސަމާލު ކަމެއް ލިބެމުން އަންނަ އެއް ކުއްޖަކީ ބަތަލާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ގެ ދަރިފުޅު ރާހާ ކަޕޫރުއެވެ.

އެކުއްޖާގެ ކޮންމެ ކަމަކަށް ފާރަވެރިވެގެން މީޑިއާއިން އަބަދުވެސް އެމީހުން ދިރިއުޅޭ ގޭގެ ކައިރީގައި ފޯރި މަރައެވެ. ފުރުސަތެއް ހޯދަހޯދާ ތިބި ޕަޕަރާޒީންނަށް މިދިއަ އާދިއްތަ ދުވަހު ވަނީ ރަނުގެ ފުރުސަތެއް ލިބިފައިއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ އާ ވީޑިއޯއަކުން ފެންނަނީ ރަހާ މަޑުމަޑުން ފިޔަވަޅު އަޅަމުންދާ ތަނެވެ. މިއީ ރަހާ ހިނގަނިކޮން މީޑިއާއަށް ފެނުނު ފުރަތަމަ ފަހަރެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މި ފޮޓޯ އަދި ވީޑިއޯ ތަށް ވަނީ ވައިރަލް ވެފައިއެވެ.

ރަހާ ކާރީގައި ރަންބީރު ހުރިތަން ފެންނަ އިރުއިރުގައި އާލިއާ މި ސަރަހައްދުން ފެނިފައިއެއް ނުވެއެވެ. ނަމަވެސް ރަހާ ބެލުމުގައި ހަރަކާތް ތެރިވާ މީހުން ވެސް ފެނިގެން ދިއައެވެ.

ދެއަހަރުވާން ކައިރިވެފައިވާ ރަހާ އުފަންވެފައިވަނީ ނޮވެމްބަރު 2022 ގައިއެވެ. މިއީ އާލިއާ އާއި ރަންބީރުގެ ވެސް އަލަތު ދަރިފުޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.