4000 ފްލެޓް ލިބޭ މީހުން ދެން ނިންމާނީ ލިބިފައިވާ 20،000 އެޕްލިކޭޝަން އަލުން އިވޭލުއޭޓް ކޮށްގެން: ޑރ. ހައިދަރު

4000 ފްލެޓް ލިބޭ މީހުން ދެން ނިންމާނީ ލިބިފައިވާ 20،000 އެޕްލިކޭޝަން އަލުން އިވޭލުއޭޓް ކޮށްގެން: ޑރ. ހައިދަރު

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާގެ ސްކީމުގެ ތެރެއިން ޝަރުރު ފުރިހަމަވަނީ އެންމެ 825 މީހުންގެ ޝަރުތި ހަމަވާކަމަށް އޭސީސީން ކަނޑައަޅާފަ އޮތް ނަމަވެސް، މި ސަރުކާރުން 4،000 ފްލެޓް ލިބޭ މީހުން ދެން ކަނޑައަޅާނީ ގެދޮރުވެރިޔާގެ ސްކީމަށް އެޕްލިކޭޝަން ހުށަހެޅި 20،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ކަމުގައި ހައިސިން މިނިސްޓަރ ޑރ. ހައިދަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ޑރ. ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ދޭން ނިންމި 4،000 ފްލެޓްގެ ތެރެއިން އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ނިމޭނަކަމަށް ލަފާކުރެވެނީ އެންމެ 6 ޓަވަރު ކަމުގައެވެ. ކުރީ ސަރުކާރުން އިއުލާން ކޮށްގެން އަޅަމުންދާ 4،000 ފެލްޓްތަކުގެ ތެރޭގައި 36 ޓަވަރު ހިމެނެއެވެ.

ހައިދަރު ވިދާޅުވީ އޭސިސީން އިވޭލުއޭޓް ކުރީ 4048 ފްލެޓްތަކުގެ އެޕްލިކޭޝަންތައް ކަމަށާއި އެހެންނަމަވެސް 4،000 ފްލެޓް ދެން މިނިސްޓްރީން ހަމަކުރާނީ ފްލެޓްތަކަށް އެދި ފޯމު ހުށަހެޅި 20،000 އަށްވުރެ ގިނަ މީހުންގެ އެޕްލިކޭޝަންތައް އިވޭލުއޭޓްކޮށް އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމުގައެވެ.

ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ހައިދަރު ވިދާޅުވީ، މިހާތަނަށް ހިންގާފަހުރި ސްކީމްތަކުގައި ޝަރުތު ހަމަވާނެކަމަށް ރައީސް ޔާމިންގެ ސަރުކާރުން ނިންމާފައިވާ އެހެންނަމަވެސް ފްލެޓް ލިބިފައިނުވާ ފަރާތްތަކަށް، މިސަރުކާރުން ފަށާ ހައިސިން ސްކީމްތަކުން ފުރުސަތު ލިބޭނެކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ މިސަރުކާރުން އަދި އެއްވެސް ހައުސިން ސްކީމެއް ފަށާފައި ނުވާކަމަށާއި، އެފަރާތްތަަކަށް ފްލެޓް ލިބިގެންދާނީ މިސަރުކާރުން ފަށާ ސްކީމްތަކުގެ ތެރެއިން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *