ކުޅުނު ބައެއް ފިލްމުތަކުން ފައިސާ އަދިވެސް ނުލިބޭ: އަކްޝޭ

ކުޅުނު ބައެއް ފިލްމުތަކުން ފައިސާ އަދިވެސް ނުލިބޭ: އަކްޝޭ

Author
ފާތިމަތު ނާވީ
28 ޖުލައި 2024 07:56
0

ފައިސާ ނުލިބި ހުރި ބައެއް ފިލްމް ތަށް އަދިވެސް ހުރި ކަމަށް ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު ބުނެފިއެވެ.

އޭނާ ބުނީ ބައެއް ފިލްމް ތަށް ކުޅެދިން ނަމަވެސް އޭނާ ކުޅެދިން ބައެއް ފިލްމް ތަކަށް އަދި އަދަށްދާންދެންވެސް ފައިސާ ލިބިފައި ނުވާ ކަމަށެވެ. އޭނާ ވަނީ އެއީ އޮޅުވާލުމާއި މަކަރު ކަމަށް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

މީޑިއާ އިންޓަވިއުއެއްގައި ބޮލީވުޑްގެ އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގައި ހިިމެނޭ އަކްޝޭ ބުނީ ބައެއް ޕްރޮޑިއުސަރުން މަކަރާއި ހީލަތް ހެދުމަކީ އެންމެން ވެސް ދަންނަ ކަމެއް ކަމަށެވެ. އެކަމަކު ގިނަ މީހުން އެ ވާހަކަ ނުދައްކަނީ ކަމަށް އަކްޝޭ ބުންޏެވެ.

އޭނާ އަށް ވެސް މިކަމާއި އެތަށް ފަހަރު ކުރިމަތިވެފައި ވާކަމަށާއި ވަރަށް ގިނަ އަދަދެއްގެ ފައިސާ އޭނާ އަށް ވެސް ނުލިބި އެބަ ހުރި ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

އުމުރުން މިހާރު 56 އަހަރުގެ އެކްޓަރުގެ ކުރިއަށް އޮތީ "ކޭލް ކޭލްމޭ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.