ދައްކާހާ ވާހަކަ އަކަށް ސަމާލުކަމެއް ނުދެން: ޖާންވީ

ދައްކާހާ ވާހަކަ އަކަށް ސަމާލުކަމެއް ނުދެން: ޖާންވީ

Author
ފާތިމަތު ނާވީ
27 ޖުލައި 2024 06:32
0

މިދާއިރާ އަކީ މީހުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބޭ ދާއިރާ އެއް ކަމަށާއި ނަމަވެސް ދައްކާހައި ވާހަކަ އަށް އޭނާ ސަމާލުކަން ނުދޭ ކަމަށް ޒުވާން ރީތި ބަތަލާ ޖާންވީ ކަޕޫރު ބުނެފިއެވެ.

ފާޑޫކިޔުން ތަކުގެ އިތުރުން ފަތާވަތު ވައްތަރުގެ ފުރައްސާރަ އާއި ވެސް ކުރިމަތި ލާން ޖެހޭ ކަމަށާއި ނަމަވެސް އެކަހަލަ ކަންކަމަކީ އެހާ ބޮޑަށް އަޅައިލާ ކަންކަން ނޫން ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

އެގޮތުން ބޮލީވުޑްގައި އޭނާ ކުރިއަށް ދަނީ އާއިލީ ނުފޫޒު ބޭނުން ކޮށްގެން ކަމަށާއި އަމިއްލަ ހުނަރުގެ ސަބަބުން ނޫން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ޖާންވީ ބުނީ ކޮންމެ ކަމެއް ކުރިއަސް އާއްމުންގެ ފާޑުކިޔުމާއި ފުރައްސާރަ އަމާޒުވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެކަންކަަމަށް ސަމާލުކަން ނުދިނުން ކަމަށެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ދެހާސް އަށާރަ ވަނަ އަހަރު ފިލްމު "ދަޅަކް"އިން ބޮލީވުޑަށް ނުކުތް ޖާންވީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ރާޖްކުމާރް ރާއޯއާއެކު "މިސްޓަ އެންޑް މިސިސް މާހީ"އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.