ސަޖަލް އަނެއްކާ ވެސް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިއްޖެ

ސަޖަލް އަނެއްކާ ވެސް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިއްޖެ

ގުޅުންހުރި

2017 ގެ ފިލްމު "މޮމް" ގައި މަސައްކަތް ކުރި ޕާކިސްތާންގެ މަޝްހޫރު ބަތަލާ ސަޖަލް އަލީ އަށް އަނެއްކައިވެސް ބޮލީވުޑް އިން ފުރުސަތެއް ލިބިފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

"މޮމް" ގައި ބަތަލާ ފެނިގެންދިއައީ ސްރީދޭވީގެ ދަރިއެއްގެ ރޯލުންނެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިއަ މި ފިލްމް އަކީ ވަރަށް ކާމިޔާބު ފިލްމްއެކެވެ. އަދި ސަޖަލް ގެ އެކްޓިންގ އަށް ވަރަށް ތައުރީފް ވެސް ލިބުންމެއެވެ.

ސަޖަލް އަށް ފުރުސަތު ލިބުނީ 2022 ގެ ކާމިޔާބު ތެލެގޫ ޕީރިއަޑް ރޮމޭންޓިކް ޑްރާމާ "ސީތާ ރަމަން" ގެ ޑައިރެކްޓަރު ހަނޫ ރަގްވަޕުޅީ ހަދަން ނިންމާފައިވާ އެ ޖޯންރާގެ އެ ފިލްމުން ކަމަށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޕްރަބާސް ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމު ވަރަށް އަވަހަށް އިއުލާން ކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް މި ފިލްމް އާއި ބެހޭގޮތުން މިހާތަނަށް އަދި މާބޮޑޫ ތަފްސީލެއް ލިބިފައިއެއް ނުވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ