ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

Author
ހުސައިން
25 ޖުލައި 2024 12:58
0

ފުލުހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޙަސަން ޝަކީބް، ތ. ގާދިއްފުށި / މިރިޔާސްގެ (27އ) އެވެ.

ޙަސަން ޝަކީބް ހޯދަމުންދަނީ، 2024 ޖުލައި 23 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްްގެ ކެފޭއެއްގެ ކައުންޓަރު މަތީގައި އޮތް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައެވެ.

ފުލުހުންވަނީ ޙަސަން ޝަކީބްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއް  ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.