ބޮލީވުޑްގެ ކުރީގެ މަގުބޫލު ދެތަރިން ކަމުގައިވާ ސަންޖޭ ދަތް އާއި ރަވީނާ ޓަންޑަން އެކުގައި ފެނިގެންދާ ފިލްމް "ގުޅްޗާޅީ" އަންނަ މަހުގެ 9 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް ތާވަލު ކޮށްފިއެވެ.
މި ފިލްމް އަކީ 2022 ގައި މަސައްކަތް ފެށި މި ރޮމޭންޓިކް-ކޮމެޑީ ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ ސްޓްރީމިން ޕްލެޓްފޯމް، ޖިއޯ ސިނެމާއިން އަންނަ މަހުގެ 9 ގަ އެވެ. ބިނޯދް ކޭ ގާންދީ ލިޔެ، ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި މަޝްހޫރު ޓީވީ އެކްޓަރު ޕާތު ސަމްތާންގެ އިތުރުން ކުޝާލީ ޓަންޑަން ވެސް ހިމެނެ އެވެ.
ކުޝާލީ އަކީ "ގުޅްޗާޅީ" ޕްރޮޑިއުސްކުރި ޓީ ސީރީޒްގެ މިހާރުގެ ވެރިޔާ ބުޝަން ކުމާރުގެ ކޮއްކޮއެކެވެ. ދެހާސް ބާވީހުގެ "ދޯކާ: ރައުންޑް ޑި ކޯނާ" އިން ބޮލީވުޑަށް ނުކުތް ކުޝާލީ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ސްޓާފިޝް" އަދި "ދޭޅް ބިގާ ޒަމީން" ހިމެނެ އެވެ.
90 ގެ ތެރޭގައި ބޮލީވުޑްގެ ގިނަ ފިލްމް ތަކެއް ދެތަރިން އެކުގައި ކުޅެފައިވެއެވެ. އަދި މި ދެތަރިން ނަކީ އެ ޒަމާނުގައި އެންމެ މަޝްހޫރު ދެތަރިން ކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ