2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ޕަތީ، ޕަތުނީ އޯރް ވޯ" ގެ ދެވަނަަ ބަޔަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމް އަކީ ލީޑުން ކާތިކް އާރިޔާން ފެނިގެން ދިއަ ފިލްމްއެކެވެ. މި ފިލްމްގައި ޒުވާން ދެ ބަތަލާއިން ވެސް އުޅުނެވެ. އެއީ ބޫމީ ޕޭޑްނޭކަރް އާއި އަނަންނިޔާ ޕާންޑޭ އެވެ.
ޕަތީ ޕަތްނީ އޯރް ވޯ މި ފިލްމުގައި ދައްކުވައިދެނީ އުއްތަރްޕްރަދޭޝްގެ ކާންޕޫރް ގައި ސަރުކާރުގެ ވަޒީފާއެއް އަދާކުރާ ޗިންޓޫ ތިޔާގީ (ކާތިކް) އާއި އޭނާގެ އަންހެނުން ވެދިކާ ތިޔާގީ (ބޫމީ) ގެ ދިރިއުޅުމުގެ ތެރެއަށް ތަޕަސްޔާ ސިންހް ( އަނަންޔާ) ކިޔާ އަންހެނަކު ވަނުމުން ދިމާވާ ކަންތައްތަކެެކެވެ.
މި ފިލްމަކީ ބާގްބާން ފަދަ މޮޅެތި ފިލްމުތައް އުފައްދާފައިވާ ބަލްދޭވް ރާޖް ކަޕޫރް 1978 ވަނަ އަހަރު ހަދާފައިވާ ހެއްވާ މަޖާ ފިލްމު "ޕަތީ ޕަތުނީ އޮރް ވޯ" ގެ ރިމޭކް އެކެވެ. ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މުދައްސަރް އަޒީޒް އެވެ.