ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީ ރައީސްއާއި ބައްދަލުކޮށްފި

ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީ ރައީސްއާއި ބައްދަލުކޮށްފި

Author
ހުސައިން
24 ޖުލައި 2024 11:09
0

ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ރައީސް މުއިއްޒުއާއި ބައްދަލު ކޮށްފިއެވެ.

އިއްޔެ ބޭއްވުނު މި ބައްދަލު ކުރެއްވުމުގައި ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ބައިވެރިވެފައިވަނީ އެޕާޓީގެ ރައީސް ހަސަން ލަތީފްއާއި ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއެވެ.

މި ބައްދަލުކުރެވުމަށްފަހު، ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ފަންނީ ކަންކަމުގައި، ސަރުކާރުން ބޭނުންވާނަމަ އެޕާޓީގަ ތިބި ފަންނީ ފަރާތްތަކުގެ އެހީތެރިކަން ދޭން ތައްޔާރަށް އެޕާޓީން އޮތްކަމަށް ރައީސް މުއިއްޒުއަށް ދެންނެވި ކަމުގައެވެ.

އަދި ގާނޫނު އަސާސީ އިސްލާހު ކުރެވިގެންދާއިރު، އެ މަސައްކަތުގައި އެ ޕާޓީ ބައިވެރި ކުރުމަށް ރައީސް މުއިއްޒުގެ ކިބައި އެދިފައިވާކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގޮނޑިއެއްވެސް ތަމްސީލުކުރާ ޕާޓީއެއް ނޫނެވެ. އަދި ފާއިތުވި މުއްދަތުގައި އެ ޕާޓީގެ އިސް ބައެއް މެމްބަރުން ވަނީ ޕީއެންސީއާއި ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.