ޓާމު ބަންދުތަކާއި މިޑް ބްރޭކުގައި މުދައްރިސުން ސްކޫލަށް ނެރުން އަންގައިފި

ޓާމު ބަންދުތަކާއި މިޑް ބްރޭކުގައި މުދައްރިސުން ސްކޫލަށް ނެރުން އަންގައިފި

Author
ޙަސަން މުޙައްމަދު
22 ޖުލައި 2024 07:20
0

2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ އަދި ދެވަނަ ޓާމުގެ ބަންދުތަކާއި މިޑްޓާމު ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުން މަނާކޮށްފިެެވެ.

މި ނިންމުން ނިންމާފައިވަނީ އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒު މުޙައްމަދު ސޮއިކުރައްވައި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ފޮނުއްވި އިންޓަރނަލް މެމޯއެއްގައެވެ.

މި ނިންމުމާ ގުޅިގެން، މުދައްރިސުންނަށް ޓާމު ބަންދުތަކުގައި އިތުރު މަސައްކަތްތަކެއް ނުކުރެވޭނެއެވެ.

ތައުލީމީ ވަޒީރު ވަނީ ދިރާސީ އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާއާ ގުޅުން ހުރި ވަރަށް މުހިންމު ނިންމުންތަކެއް ނިމިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ތައުލީމީ ވަޒީރު ވަނީ މުދައްރިސުން ސްކޫލުގެ ތެރޭގައި ހޭދަކުރާ މިންވަރު މަދުކޮށް، އާއިލާއެކު ހޭދަކުރާ ވަގުތު އިތުރުވާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

މި ނިންމުމަކީ އެ ސިޔާސަތުގެ ބައެއް ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.