ކާނާ ވިހަވެ އައިސޫގައި ފާރުވާ ދެމުންދިޔަ ދަރިވަރު ވޯޑަށް ބަދަލު ކޮށްފި، ހުރިހާ ދަރިވަރުންގެވެސް ހާލު އަންނަނީ ރަގަޅުވަމުން

ކާނާ ވިހަވެ އައިސޫގައި ފާރުވާ ދެމުންދިޔަ ދަރިވަރު ވޯޑަށް ބަދަލު ކޮށްފި، ހުރިހާ ދަރިވަރުންގެވެސް ހާލު އަންނަނީ ރަގަޅުވަމުން

Author
ޙަސަން މުޙައްމަދު
21 ޖުލައި 2024 11:55
0

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުން ކާނާ ވިހަވެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ދަރިވަރު ވޯޑަށް ބަދަލުކޮށްފިއެވެ.

ފުލުހުން ބުނީ, އައިސީޔޫގަިއ ފަރުވާދެމުންދިޔަ ދަރިވަރުވެސް މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށާއި، ވޯޑުގައި މިހާރު ދެ ދަރިވަރުންތިބިއިރު، އެ ދެ ދަރިވަރުންގެ ހާލުވެސް ރަނގަޅުކަމަށެވެ.

ޕޮލިސް ކޮލެޖްގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން ކާނާ ވިހަވެގެން 32 ދަރިވަރަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރިވާދީފައިވެއެވެ. އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ފަރުވާދީފައިވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.