ފުވައްމުލަކު ސިޓީ، މުޙައްމަދު ޖަމާލުއްދީން ސުކޫލާއި ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓުންނަށް ހުވާ ލައިދިނުމާއި ހަތިޔާރު ހަވާލުކުރުމުހެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަނީ ބައިވެެރި ވެފައެވެ.
މުޙައްމަދު ޖަމާލުއްދީން ސުކޫލުގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަލްފާޟިލް އަސްލަމް ރަޝީދެވެ.
ކެޑޭޓުންނަށް ހުވާ ލައިދިނުމާއި ހަތިޔާރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ދެ ސްކޫލުގެ 68 ކެޑޭޓުންނަށް ހަތިޔާރު ހަވާލުކޮށްދެއްވީ، މޭޖަރ ޢަބްދުﷲ ނަސީމްގެ އިތުރުން ކެޕްޓަން ނާމިލް ޢަބްދުލްޤަފޫރެވެ.
ކޮމެންޓު ފޮނުވާ