ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންވެސް ކާމިޔާބުކުރީ ޕީއެންސީއިން

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންވެސް ކާމިޔާބުކުރީ ޕީއެންސީއިން

ކުޅުދުއްފުށި ސިޓީގެ އުތުރު ދާއިރާގެ ހުސްވެފައިވާ ކައުސިލްގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި އެމްޑީޕީގެ ކެންޑިޑޭޓުގެ މައްޗަށް ކުރި ހޯދާ، ޕީއެންސީން ވާދަކުރި ކެނޑިޑޭޓް އިންތިޚާބު ކާމިޔާބު ކޮށްފިއެވެ.

މިއަދު ކުރިޔަށްދިޔަ މާލޭ ސިޓީގެ ކައުންސިލްގެ ބައިއިލެކްޝްގެ 3 ގޮޑިވެސް ކާމިޔާބު ކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މި ބައި އިލެކްޝްންގައި ވާދަކުރީވެސް އެމްޑީޕީއާއި ޕީއެންސީން އެކަންޏެވެ. އިންތިހާބު ކާމިޔާބު ކުރި ޕީއެންސީގެ 3 ކެނޑިޑޭޓުންނަކީ؛

  •  ފާތިމަތު ޝައުފާ ސަލީމް – ހެންވޭރު ހުޅަނގު
  •  ފާތިމަތު އިޝާން އަލީ – މައްޗަންގޮޅި މެދު
  •  އަލީ އައިމަން – ހުޅުމާލެ

މިއަދު ހެނދުނު 8:00 އިން 4:00 އަށް ވޯޓުލުން ކުރިއަށްދިޔައީ މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން މަގާމަށް މެމްބަރުން އިންތިހާބު ކުރުމާއި، ހދ. ކުޅުދުއްފުށި ކައުންސިލް، ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރަކު އިންތިހާބު ކުރުމުގެ އިތުރުން ބިލެތްދޫ ކައުންސިލްގެ ރައީސްއަކު އިންތިހާބު ކުރުމަށެވެ.

މާލޭ ކައުންސިލްގެ ހުސްވެފައިވާ ދާއިރާތަކަށް ކުރިމަތިލައްވާފައިވަނީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ސިޓީ ކައުންސިލްގެ އެ މަގާމުތައް ހުސްވެފައިވަނީ، އެ މަގާމުގައި ތިއްބެވި މެމްބަރުން މަޖިލިސް އިންތިހާބުގައި ވާދަކޮށް، ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ.

ކެނޑިޑޭޓުންގެ ތަފްސީލް:

ހެންވޭރު ހުޅަނގު ދާއިރާ:

  • ފާތިމަތު ޝައުފާ ސަލީމް (ޕީއެންސީ)
  • މުހައްމަދު އަލީ ޖިނާދު (އެމްޑީޕީ)

މައްޗަންގޯޅި މެދު ދާއިރާ:

  • ފާތިމަތު އިޝާން އަލީ (ޕީއެންސީ)
  • ހައްވާ ޝިފާނާ (އެމްޑީޕީ)

ހުޅުމާލޭ ދާއިރާ:

  • އަލީ އައިމަން (ޕީއެންސީ)
  • އަހުމަދު ރަޝީދު (އެމްޑީޕީ)

ތިން ރަށުގެ ކައުންސިލް ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެނޑިޑޭޓުން:

ކުޅުދުއްފުށި އުތުރު ދާއިރާ:

  • އިބްރާހިމް އަހުމަދު (ޕީއެންސީ)
  • ޝަމްނޫޒް މުހައްމަދު ނައީމް (އެމްޑީޕީ)

ރަސްމާދޫ:

  • ޝަމްލާ ވާފިރު (ޕީއެންސީ)
  • އައިޝަތު ޝަރަފިއްޔާ (އަމިއްލަ ގޮތުން)

ބިލެތްދޫ:

  • އަރީހް އިސްމާއީލް (ޕީއެންސީ)
  • ޝާއިލް މާހިރު (އެމްޑީޕީ)
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *