ރިޗާ އާއި އަލީ އަށް އަންހެން ކުއްޖެއް ލިބިއްޖެ

ރިޗާ އާއި އަލީ އަށް އަންހެން ކުއްޖެއް ލިބިއްޖެ

Author
ފާތިމަތު ނާވީ
20 ޖުލައި 2024 12:29
0

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމުގައިވާ އަލީ ފަޒާލް އާއި ރިޗާ ޗައްޑާ އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

ރިޗާ ވިހެއީ 16 ވީ އަންގާރަ ދުވަހު އެވެ. ނަމަވެސް އެކަން އިއުލާންކުރީ އޭގެ ދެދުވަހެއް ފަހުންނެވެ. އެގޮތުން ދެމަފިރިން ބުނީ ލިބުނީ އަންހެން ކުއްޖެއް ކަމަށާއި މިއީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު އުފާވެރި ކަމެއް ކަމަށެވެ.

ރިޗާ ބަލިވެ އިންކަން އިއުލާން ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައިއެވެ. މިއީ މިދެތަރިންގެ ގެ ވެސް އަލަތު ދަރިފުޅެވެ.

 

View this post on Instagram

 

A post shared by Richa Chadha (@therichachadha)

އަލީ، 37، އާއި ރިޗާ، 37، ކައިވެނިކުރީ 2022 ގަ އެވެ. ވަރަށް ކުލަގަދަކޮށް ކުރި މިކައިވެނީގައި ބޮލީވުޑްގެ ވެސް ގިނަ ބަޔަކު ބައިވެރިވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.