މ. މުލިން ކަރަންޓު ކެނޑިފައި އޮންނަތާ ދެ ދުވަސް ފަހުން، މައްސަލަ ހައްލުކޮށް އަލުން ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ.
މުލީގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ، ފެނަކަ ބްރާންޗުގައި ހުރި 2 ޖަނަރޭޓަރަކަށް މައްސަލަ ޖެހިގެންނެވެ. މިދިޔަ ބުދަ ދުވަހުގެ ހެނދުނު 8:00 ހާއިރުން ފެށިގެން ކަރަންޓު ކެނޑިފައި އޮންނަތާ ގިނަ އިރުވެ، ރަށު ސްކޫލުގެ ކިޔެވުން ވެސް މެދުކަނޑާލަން ޖެހުނެވެ.
މުލީ ކައުންސިލުން ބުނެފައިވަނީ މަސަލަ ހައްލު ކުރެވުނި ފ. އަތޮޅުން ފެނަކަ ޓީމެއް ގެންގޮސްގެން ކުރި މަސައްކަތުން ރޭ ދަންވަރު 3:00 ހާއިރު ކަމަށެވެ.
އެގޮތުން ފ. އަތޮޅުން ޓީމެއް އައިސް އެރަށް ގޮސް އެރަށުގައި ހުރި 600 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން، ރޭ ދަންވަރު ތިނެއް ޖެހި ހާއިރު ވަނީ ކަރަންޓު ދީފައެވެ. އެންމެ ފުރަތަމަ މުލީގައި ތިބި ފެނަކަ ޓީމުން މަސައްކަތް ކޮށްފައިވަނީ، މައްސަލަ ޖެހުނު ޖަނަރޭޓަރުތައް ހަދައިގެން ކަރަންޓު ދެވޭތޯއެއްވެ.
މުލީގައި މީގެ ކުރިން ކަރަންޓު ދެމުން ދިޔައީ 500 ކިލޯވޮޓް އަދި 600 ކިލޯވޮޓްގެ ޖަނަރޭޓަރުތަކެއް ބޭނުންކޮށްގެންނެވެ. އެރަށު ކައުންސިލުން ބުނެފައިވަނީ އެރަށުގައި މިހާރު ރަނގަޅަށް ހުރި ޖަނަރޭޓަރަށް އެކަނި ބަރޯސާވެެގެން ތިބެއްޖެ ނަމަ އަދިވެސް މިފަދަ މައްސަލައެއް ދިމާވުމަކީ އެކަށީގެން ވާކަަމައް ކަމުގައެވެ.
އާބާދީގައި ހާހެއްހާ މީހުން ހިމެނޭ މުއްޔަކީ މ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެ ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލާއި ތައުލީމީ މަރުކަޒުވެސް ހުންނަނީ މުލީގަ އެވެ.