އިއްޔެ އަވަހާރަވި، ރައީސް ސާލިހުގެ މަންމާފުޅުގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ކުރެއްވީ، އެކަމަނާގެ ލޯފަން ދަރިފުޅު މޫސާ މުހައްމަދު ޞާލިހުއެވެ. މިކަން ހާމަވެފައިވަނީ، އިޔެއްގެ، އެކަމަނާގެ ޖަނާޒާއަށްފަހު އާންމުވަމުންދާ ފޮޓޯތަކުންނެވެ.
ރައީސް ސާލިހުގެ މަންމާފުޅު އަވަހާރަވީ އުމުރުފުޅުން 80 އަހަރުގައި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މިހާރު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ލޯފަން ދަރިފުޅު މޫސާ މުހައްމަދު ޞާލިހު ކަށުނަމާދު ކުރުމަށްޓަކާ އިމާމާ ހުންނަންޖެހޭ ތަނުގައި ގާއިމްވެ ހުރުމަށް، މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއެވެ.
މޫސާ މުޙައްމަދު ޞާލިހް އަކީ ޅ. ހިންނަވަރު ބޮޑު މިސްކިތުގެ އިމާމުކަން ކުރައްވަމުން ގެންދަވާ ފަރާތެވެ.
ރައީސް ސާލުހުގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމާގައި ރައީސް މުއިއްޒުވަނީ ރައީސް ސާލިހަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އެކަމަނާ ފަސްތާނު ލާފައިވަނީ އިއްޔެގެ މަޢުރިބް ނަމާދަށްފަހު ގަލޮޅު ސަހަރާގައެވެ.