ކާނާ ވިހަވެގެން އެޑްމިޓްކުރި ދަރިވަރުންގެ ތެރެއިން އައިސީޔޫގައި ތިބި ދެދަރިވަރުން، އެހެން ދަރިވަރުން ދޫކޮށްލައިފި

ކާނާ ވިހަވެގެން އެޑްމިޓްކުރި ދަރިވަރުންގެ ތެރެއިން އައިސީޔޫގައި ތިބި ދެދަރިވަރުން، އެހެން ދަރިވަރުން ދޫކޮށްލައިފި

Author
ޙަސަން މުޙައްމަދު
18 ޖުލައި 2024 10:16
0

ޕޮލިސް ކޮލެޖުގެ ކާނާވިހަވެގެން އެޑްމިޓްކުރި ދެ ދަރިވަރަކަށް އަދިވެސް އައިސިޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، ކާނާ ވިހަވެގެން 32 ދަރިވަރުން ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ރޭ ފުލުހުން ވުދާޅުވެފައިވާއިރު، މިއަދު އޮފިޝަލް ވިދާޅުވީ، އެޑްމިޓް ކުރެވުނު ދެ ދަރިވަރުން ފިޔަވައި އެހެން ހުރިހާ ކުދިން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އެޑްމިޓް ކޮށްފައި ތިބި ދެ ދަރިވަރުންނަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށްވެސް ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ކާނާ ވިހަވެފައިވަނީ ކޮން އެއްޗެއް ކޮން އިރަކު ކައިގެންކަން ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.