އައްޑޫ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ފަސް ދަރިވަރަކު އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕޮލިސް ކޮލެޖުގެ 32 ދަރިވަރަކު ކުއްލިއަކަށް ހާލު ދެރަވެގެން ހޮސްޕިޓަލުގައި ވަނީ އެނދުމަތިކޮށްފަ އެވެ. އެއިން ފަސް ދަރިވަރަކު އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ދަރިވަރުންގެ ހާލު ދެރަވީ، ބެލެވޭ ގޮތުގައި ކާނާ ވިހަވެގެން ކަމަށް ފުލުހުން ބުންޏެވެ. މި ކަން ހިނގި ސަބަބު ދެނެގަންނަން ހޮސްޕިޓަލް މެދުވެރިކޮށް ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.
ކޮމެންޓު ފޮނުވާ