ދެ އިންތިޚާބު އެކީ ބާއްވައިފިނަމަ، އެންމެ ކުޑަމިނުން ވެސް 130 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: އިލެކްޝަން

ދެ އިންތިޚާބު އެކީ ބާއްވައިފިނަމަ، އެންމެ ކުޑަމިނުން ވެސް 130 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: އިލެކްޝަން

Author
ހުސައިން
17 ޖުލައި 2024 12:04
0

ދެ އިންތިޚާބު އެކީ ބާއްވައިފިނަމަ، އެންމެ ކުޑަމިނުން ވެސް 130 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމުގައި އިލެކްޝަންއިން ބުނެފިއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަންގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅިވީ ދެ އިންތިޚާބު އެކީ ބާއްވައިފިނަމަ، އުދަގުލަކަށްވުރެ ބޮޑަށް ލިބިގެންދާނީ ފަސޭހަތަކެއް ކަމުގައެވެ.

އެހެންކަމުްނ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެކީ ބާއްވައިފިނަމަ، ހަމައެކަނި ތަފާތަކަށް އޮންނާނީ ދެ ނަމެއްގައި ފާހަގަ ޖެހުން ކަމަށާއި، އެހެންނަމަވެސް އެއް ނަމަށްވުރެ ގިނަ ނަމުގައި ފާހަގަ ޖަހާ އިންތިޚާބުތައް މިހާތަނަށްވެސް އިކެލްޝަންސް ކޮމިޝަނުން ތަޖުރިބާ ކޮށްފައިވާ ކަމުގައެވެ.

އަދި ފުވާދު ވިދާޅުވީ ދެ އިންތިޚާބު އެކީ ބާއްވައިފިނަމަ، ވޯޓުލާ މީހުން ނިސްބަތް ވަރަށް ބޮޑަށް މަތިވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ދާނެ ކަމުގައެވެ.

ފުވާދު ތައުފީގު ވިދާޅުވީ ދެ އިންތިޚާބު އެއްކޮށް ބާއްވަން ނިންމައިފިނަމަ، ވަރަށް ފަސޭހަކަމާއެކު ދެ އިންތިޚާބު ބޭއްވިދާނެ ކަމަށާއި، އެކަމުގައި އެއްވެސް ގޮންޖެހުމެއް ނެތްކަމުގައެވެ. އަދި ދެ އިންތިޚާބު ބާއްވަން ކުރިޔަށް ގެންދާ ބަހުސްގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވާން ބޭނުންވާ ކަމަށާއި، އޭގެ ސަބަބަކީ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާއިރު، މަޖިލިސް އިންތިޚާބު ފުރަތަމަ ބުރުން ނިމިގެން ދިއުންފަދަ ފަންނީ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާދޭން ބޭނުންވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.