ރާއްޖޭގެ ބޯޑަރު މޮނިޓާ ކުރުމަށް އެމެރިކާ އާއި ޗައިނާއިން ކަސްޓަމްސް އަށް ދެ ޑްރޯން ފޯރުކޮށް ދެނީ

ރާއްޖޭގެ ބޯޑަރު މޮނިޓާ ކުރުމަށް އެމެރިކާ އާއި ޗައިނާއިން ކަސްޓަމްސް އަށް ދެ ޑްރޯން ފޯރުކޮށް ދެނީ

Author
ޙަސަން މުޙައްމަދު
16 ޖުލައި 2024 04:15
0

ރާއްޖޭގެ ބޯޑަރު މޮނިޓާ ކުރުމަށް އެމެރިކާ އާއި ޗައިނާއިން  މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދެ ޑްރޯން ދޭން ނިންމައިފިއެވެ.

މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ އެމެރިކާ އާއި ޗައިނާ ސަރުކާރުގެ ފަރާތުން ޑްރޯން ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެމްއެންޑީއެފް އާއި ކަސްޓަމްސް ގުޅިގެން އެ ޑްރޯންތައް ބޭނުން ކުރާނެ ކަމަށެވެ.

ރާއްޖެ ސަރަހައްދަށް ބޭރުން އަންނަ އުޅަނދުތައް މޮނިޓަރ ކުރެވޭނެ އެއްވެސް ނިޒާމެއް ކަސްޓަމްސް އިން އަދި ހަމަޖެހިފައިނުވާއިރު މި ޑްރޯންތަކުގެ މަސައްކަތް ކުރިއަށްދާނީ ޖޮއިންޓް އޮޕަރޭޝަން ހިންގާ ގޮތަށް ކަމަށް ވެސް މާނިޢު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.