ސަރުކާރަށް ގޮތް ހުސްވެފައިވާކަމުގެ ހުރިހާ ހެއްކެތް މިދަނީ ފެންނަމުން: ސެމްބެ

ސަރުކާރަށް ގޮތް ހުސްވެފައިވާކަމުގެ ހުރިހާ ހެއްކެތް މިދަނީ ފެންނަމުން: ސެމްބެ

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 09:25
0

ސަރުކާރުން މިއަދު ކުރަމުންދާ ކަންތައްތަކުން ސަރުކާރަށް ގޮތްހުސްވެ ކުރާނެ ކަމެއް ނޭގިފައިވާ ކަމުގެ ހުރިހާ ހެއްކެތް ފެންނަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ ޢިމާރާތުގައި 2017ވަނަ އަހަރުން ފެށިގެން ކުރީގެ ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމްގެ ބައްޕަ ދިރިއުޅުއްވަމުން ދިޔަކަމަށް ބުނާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަޙުޤީޤުކޮށް ނިންމައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ހުސެއިން ވިދާޅުވީ މިއީ ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވައްޓާލަން ހިންގާ ވަރަށް ނާހުޒީބު އަމަލުތަކެއް ކަމަށެވެ.

މިފަދަ ކަންކަން ސަރުކާރުން ކުރާނީ ކުރާނެ ކަމެއް ނޭތި ގޮތް ހުސްވުމުންކަމަށް ހެސެއިން ވިދާޅުވިއެވެ.

މީ ޤައުމަށް ޚިދުމަތް ކުރައްވާ އިޚުލާސްތެރިންގެ އަގު ވައްޓާލަން މިއަދު ސަތުކާރުން ކުރާ ނާތަހުޒީބީ މަސައްތަކެއް. ސަރުކާރަށް ގޮތް ހުސްވާ ކަމުގެ ހެކިތަން މިދަނީ ފެންނަމުން.

– ހުސެއިން ވިދާޅުވިއެވެ.

ޖެނެރަލް ޝިޔާމުގެ މައްޗަށް ދަޢުވާކުރަން ފޮނުވާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމާއި ރަސްމީ ޙައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އޭގެފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ތުހުމަތުގައެވެ.

މިމައްސަލައަކީ އޭސީސީން ކުރިން ބަލައި ކޮރަޕްޝަނެއް ނެތްކަމަށް ނިންމާފައި އޮތް މައްސަލައެކެވެ. މިމައްސަލަ އަލުން ބެލީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އެދިވަޑައިގަތުމަށެވެ.

މައްސަލަ އަލުން ބެއްލެވުމަށްފަހު އޭސީސީން ވިދާޅުވީ، 18 ޖުލައި 2017އިން ފެށިގެން 11 ޑިސެމްބަރ 2018ގެ ނިޔަލަށް، ޖެނަރަލް ޝިޔާމްގެ ބައްޕަ ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ ޢިމާރާތުގައި ދިރިއުޅެފައިވާކަމަށާ، އަދި ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި މީހަކުވެސް އެގޭގައި ދިރިއުޅެފައިވާކަން ތަޙުޤީޤަށް ހާމަވެފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Hum
Misarukaarah othee meehunge roamas keumaa meehunge kashihafaa keun kihaabodu balaaverikameh