ރާއްޖޭގެ މަސްވެރިންގެ ޝުޢޫރުތައް ފާޅުކުރުމުން ސަލާމަތީ ބާރުތައް ފޮނުވައިގެން އެމީހުންނާއި ދިމާކުމުގެ އުސޫލު ނުގެން ގުޅުމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
އިއްޔެ ފެލިވަރުގައި ގިނަ އަދަދެއްގެ މަސްވެރިން ސުލްހަވެރިކަމާއިއެކު ކުރަމުންދިޔަ އިހުތިޖާޖުގައި ފާޅުކުރި ޝުޢޫރުތައް އެންމެ ބޮޑަށް ބިނާވެފައި އޮތީ އެމީހުންގެ އަޑު ސަރުކާރުން އެހުމަށެވެ. މަސްވެރިންގެ އެންމެބޮޑު ޑިމާންޑަށް އިއްޔެ ވެފައިވަނީ ރައީސް ޞާލިހާއި ބައްދަލުކޮށް ޝުޢޫރުތައް ހިއްސާކުރުމެވެ. ނަމަވެސް އިހުތިތާޖު ނިމިގެންދިޔަ އިރުވެސް ސަރުކާރުގެ އިސްބޭފުޅަކާއި ބައްދަލުވެ މަސްވެރިންގެ ކަންބޮޑުވުމަށް ހައްލެއް ގެނެވޭނެފަދަ އިޝާރާތެއް ދެއްވަފައިނުވެއެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް އިއްޔެ ދައުލަތުގެ އެއްވެސް ބޭފުޅެއް ވަޑައި ނުގަނެ، ގިނަ އަދަދެއްގެ ފުލުހުން ފެލިވަރަށް ފޮނުވި މައްސަލާގައި ރުކުމާ ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުން ހައްލު ކުރަން ސަފުހަދާފަ ދާންޖެހޭނީ ސަލާމަތީ ބާރުތަކުން ނޫންކަމަށެވެ. މަސްވެރިންނަކީ އަބަދުވެސް ސުލްހަޔަށް ލޯބިކުރާ ބަޔަކަށް ވާއިރު، ހައްގު ހޯދަން ނިކުުތުމުން އެމީހުންނަށް ބިރު ދައްކާ އުސޫލުން ފުލް ގިޔަރުގައި ސަލާމަތީ ބާރުތައް ފޮނުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ. އަދި މިގޮތަށް ރާއްޖޭގެ 50،000 މަސްވެރިންނާއި ދިމާކުރަން ވެއްޖެނަމަ ހާލަތު ވަރަށް ގޯސްވެދާނެކަމަށް ރުކުމާ ވިދާޅުވިއެވެ.
މަސްވެރިންގެ ހުރި ކަންބޮޑު ވުންތަކުގެ ޝުޢޫރު ފާޅުކުރުމުން، ސަފުހަދާފަ ފެލިވަރަށް ދާންޖެހޭނީ ދައުލަތުގެ އިސް ފަރާތްތަށް. މަސްވެރިންނަކީ އަބަދުވެސް ސުލްހަ އިސް ކުރާ ބައެއް. ނަމަނަމަ 50,000 މަސްވެރިންނާ ތިމޭރުމުން ދިމާނުކުރާތި ގޯސްވާނެ.
– ރުކުމާ ވިދާޅުވިއެވެ.
އިއްޔެ މަސްވެރިން ވަނީ 12 ގަޑިއިރުވަންދެން މުޒާހަރާ ކޮށްފައެވެ. ގިނަ އިރުތަކެއް ވަންދެން ކުރި މުޒާހަރާގައި މަސްވެރިން ވަނީ ގިނަ ޑިމާންޑްތަކެއް ސަރުކަރަށް ކޮށްފައެވެ. އަދި މިކަންކަން ހައްލު ނުވެއްޖެނަމަ ކުރިއަށް އޮތް ތަނުގައިވެސް މަސްވެރިން އިހުތިޖާޖަށް ނުކުންނާކަމަށް އިއްޔެގެ އިހުތިޖާޖަށް ނިކުތް މަސްވެރިން ވަނީ ބުނެފައެެވެ.
ކޮމެންޓު ފޮނުވާ