މައިނޯރިޓީގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އަބުދުއްރަހީމްގެ ކިބައިން އެމްޑީޕީން އެދިއްޖެ

މައިނޯރިޓީގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އަބުދުއްރަހީމްގެ ކިބައިން އެމްޑީޕީން އެދިއްޖެ

Author
ޙަސަން މުޙައްމަދު
14 ޖުލައި 2024 09:42
0

ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި މަޖިލިސް ރައީސް އަބުދުއްރަހީމްގެ ކިބައިން އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕީން މިކަމަށް އެދިފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުالله އާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެމްޑީޕީން ބުނެފައިވަނީ، މި ބައްދަލު ކުރެއްވުމުގައި، މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އަބުދުއްރަހީމްގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ.

އަދި، މަޖިލީހުގެ މަސައްކަތް ކުރިއަށްދާއިރު 18 ވަނަ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތަށް ކަންކަން ހިގައިގެން ދިއުމަށް ފުރުސަތު ނުދެއްވުމަށްވެސް އެމްޑީޕީން އަބުދުއްރަހީމަށް އިލްތިމާސް ކުރިކަމަށްވެސް އެޕާޓީން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.