އިނޑިއާގެ މަޝްހޫރު މޮޑެލް އުރްވަޝީ ރައުޓެއްލާ އަށް އަނިޔާ ވެގެން ފަރުވާ ދޭން ފަށައިފިއެވެ.
އޭނާ އަށް އަނިޔާވީ މިހާރު އޭނާ ކުޅެމުން އަންނަ ފިލްމް "އެންބީކޭ 109″ ގެ ޝޫޓިންގައި އުޅެނިކޮންނެވެ. އަދި އަނިޔާ ވުމާއި ގުޅިގެން މިހާރު އޭނާ އަށް އަންނީ ފަރުވާ ދެމުންނެވެ. މި ފިލްމްގެ ޝޫޓިންގ ކުރިއަށް ދަނީ ހައިދަރްއާބާދުގައެވެ.
އުރްވަޝީގެ ޓީމުން ނެރުނު ނޫސް ބަޔާނަކާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ މަންޒަރެއް ޝޫޓް ކުރަމުން ދަނިކޮށް އޭނާއަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ފަހުން އޭނާ އުޅުނީ ވަރަށް ވޭނުގައި ކަމަށެވެ. އޭނާ އަށް ލިބުނީ ފްރެކްޗާ ގެއްލުމެއް ކަމަށް ވެއެވެ. އެހެން ނަމަވެސް ގެއްލުންވީ ހަށިގަނޑުގެ ކޮންތަނަކަށްކަން ހާމަކޮށްފައެއް ނުވެއެވެ.
ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދިފައި ނުވާ އުރުވަޝީ މިހާރު ކުޅެމުން އަންނަނީ ތެލެގޫ ފިލްމްއެކެވެ. ހިންދީ ފިލްމް ތަކުގެ އިތުރުން އޭނާ ތެލުގޫ އަދި ޓަމިލް ފިލްތަށް ވެސް ކުޅެއެވެ.