މަސްވެރިންނަށް ހައްލުދޭނީ މިސަރުކާރުން: ނިހާދު

މަސްވެރިންނަށް ހައްލުދޭނީ މިސަރުކާރުން: ނިހާދު

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 04:25
0

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، މަސްވެރިންނަށް ހަމަ އަގު ހޯދައިދޭނީ މިސަރުކާރުން ކަމުގައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މަސްވެރިން ހަމަ އަގު ހޯދުމަށާއި، މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ތަންފީޒު ކުރުމަށް ގޮވާލައި ކުރި މުޒާހަރާތަކާއި ގުޅިގެން މަސްވެރިންގެ މިއަދުގެ ހާލަތުގެ ޒިންމާ އެމްޑީޕީން ނަގަން ޖެހޭނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. ޝިޔާމްގެ މިވާހަތަކާއި ގުޅިގެން ނިހާދު ވިދާޅުވީ އެމްޑީޕީއަކީ ކުރަންޖެހުނު ކޮންމެ ކަމެއްކޮށް ނަތީޖާ ނެރޭނެ ޕަޓީއެއްކަމަށެވެ.

ރާއްޖޭގެ މަސްވެރިންނަށް ހަމަ އަގު ހޯދައި، މަސްވެރިންގެ ހާލަތު ބަދަލުކުރުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި ފެއްޓެވި މަސައްކަތް ހުއްޓުވައި، ވެރިކަން ވައްޓާލުމަށްފަހު ފާއިތުވެދިޔަ 7 އަހަރު ދުވެހުގެ ތެރޭގައި އައި ސަރުކާރުތަކުން މަސްވެރިންނަށް ކޮށްފައިވަނީ ޖެއްސުންކަމަށް ނިހާދު ވިދާޅުވިއެވެ. އަދި އޭރުގެ ސަރުކާރުތަކުން ހާވާފައިވާ ހަޑިތައް ރަނގަޅުކޮށް ސަރުކާރުން މަސައްކަތް ފަށާއިފައިވަނިކޮށް ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތާއިއެކު މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. ނަމަވެސް މިހާލަތުން މިއަދު އަރައިގަނެވި މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދައިދޭނެކަމީ ޝައްކު ކުރާ ކަމެއް ނޫންކަމަށް ނިހާދު ވިދާޅުވިއެވެ.

އެމްޑީޕީ އިން ކުރާން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ! އެމްޑީޕީ / ރައީސް ނަޝީދުގެ ސަރުކާރުގައި މަސްވެރިންނަށް ހެޔޮ ގޮތް ހޯދައިދޭން ފެށުމުން ސަރުކާރު ވައްޓާލުމަށްފަހު 7 އަހަރު ވަންދެން މަސްވެރިންނަށް ކުރީ ޖެއްސުން! އެ އަނިޔައިން އަރައިގަންނަން މަސައްކަތް ފެށުމާއިއެކު ދުނިޔޭގެ ހުއްޓުނީ! ހައްލުދޭނީ މިސަރުކާރުން.

– ނިހާދު ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދި، މަސްވެރިން ނިކަމެތިވެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތްވެސް ނެތި އަޑު އަފުލުމުން އެކަންކަން އަޑުއަހާލާނެ ކަންފަތެއް އަދި ހައްލުކޮށްދޭނެ ފަރާތެއް މިއަދު ނެތްކަމުގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ. މިމަހުގެ އެކި ދުވަސްތަކުގައި މަސްވެރިން މަހަށް ނުގޮސް ކަނޑުމަތީގައާއި، ފެލިވަރުގައި ކޮށްފައިވާ އިޚްތިޖާޖުތަކާއި ގުޅިގެން ޝިޔާމް ވިޅުވީ މަސްވެރިންގެ ސިނާއަތަކީ ރާއްޖޭގެ އެންނެ ގިނަ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ ސިނާއަތްކަމުގައެވެ. އެތައް ހާސް އާއިލާއެއް ދިރިއުޅުމުގެ އެންމެހައިކަންކަން މަސްވެރިކަމުން ލިބޭ ފައިސާއިން ހަމަޖައްސަމުންދާއިރު، މިއަދު މަސްވެރިންނާއިދޭތެރޭގައި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށެވެ.

ނިހާދުވަނީ މީގެ ކުރިންވެސް މިމައްސަލާގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން މަސްވެރިވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި އޮތް ހުރަހަކީ މިނިސްޓަރ ބަދަލު ކުރުން ކަމުގައިވާނަމަ އެކަން ކޮށްގެންވެސް މަސްވެރިންގެ ހައްގުތައް ކަށަވަރު ކޮށްދެއްވާނެކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.