މާދަމާރޭވެސް ޕީއެންސީގެ ޖަގަހަ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ޕީއެންސީން ބުނެފައިވަނީ މިޖަލްސާވެސް އޮންނާނީ މާދަމާރޭ 8:30ގައި، އާރޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ (ހ.ވެޔޮވިލާ) އެޕާޓީގެ މައި ހަރުގޭގައި ކަމުގައެވެ.
މާދަމާރޭ ބާއްވާ ޖަލްސާއަކީ އެޕާޓީގެ ހަރުގެ ހުޅުވި ފަހުން ބާއްވާ ތިންވަނަ ޖަލްސާއެވެ. އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީއެންސީގެ ހަރުގޭގައި ބާއްވާ ޖަލްސާތަކުގައި ދަނީ ކުރީގެ ރައީސް ޔާމިންއަށް ވަރަށް ބޮޑަށް ފާޑުކިޔާ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. އަދި އެ ޖަލްސާތަކުގައި ދައްކާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ޔާމިންވެސް ގެންދަނީ، ޕީއެންއެފްގެ ހަރުގޭގައި ޖަލްސާތައް ބާއްވަމުންނެވެ.