އދ. މާމިގިލި ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަނީ

އދ. މާމިގިލި ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަނީ

ގުޅުންހުރި

އދ. މާމިގިލި ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށްޓަކާ ހަދަންޖެހޭ އީއައިއޭ ހަދާނެ ބަޔަކު ހޯދުމަށް މާމިގިލީ ކައުސިލުން އިއުލާން ކޮށްފިއެވެ.

މާމިގިލީ ކައުންސިލުން ކުރި އިއުލާނުގައިވާގޮތުން މިރަށް ތަރައްގީ ކުރަނީ މާމިގިލީގެ ރައްޔިތުންނަށް ޗުއްޓީ ހޭދަކުރެވޭ ގޮތަށާއި އަދި ފަތުރުވެރިކަމަށްވެސް ބެނުން ކުރެވޭ ގޮތަށެވެ.

މާމިގިލީގެ އުތުރުފަރާތުގެ ފަޅުތެރޭގައި ތަރައްގީ ކިރާ މިރަށަކީ 150 ފޫޓާއި 250 ފޫޓުގެ ރަށެކެވެ.

މި ރަށުގެ އީއައިއޭ ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 25 ވާ ބުރާސްފަތި ދުވަހު 13:00 އަށް މާމިގިލި ކައުންސިލް އިދާރާ އަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ. އަދާޒީ ހިސާބު ހުށަހެޅާ ފަރާތްތަކަކީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކަށް ވާންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ