މިއަހަރު ތެރޭގައި ޗައިނާގެ ޕްރޮވިންސްތަކުން އައްޑޫ ސިޓީއަށް ސީދާ ދަތުރުކުރަން ފަށާނެ ކަމުގައި މި ސަރުކާރުގެ ޓޫއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިރޭ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމުގައެވެ. އެގޮތުން ޝަންގްރިއްލާ އަލުން ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވަމުން ފައިސަލް ވިދާޅުވީ ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ރާއްޖޭގައި ތިބި ޝަންގްރިއްލާގެ އިސް މެނޭޖްމަންޓާއި މިދިޔަ ހަފްތާގައި ބައްދަލުކުރައްވާފައިވާ ކަމުގައެވެ.
ފައިސަލް ވިދާޅުވީ ޝަންގްރިއްލާ އަލުން ހުޅުވުމަށް ޚާއްސަކޮށްގެން، ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލެވިފައިވާކަމަށެވެ، އަދި ފައިސަލް ވިދާޅުވީ ޝަންގްރިއްލާ އަލުން ހުޅުވުމަށް އެތަނުގެ އޯނަރުންނާ ހަމައަށް ދަތުރުކުރަން ޖެހުނުކަމުގައިވިޔަސް އެކަންވެސް ކުރައްވާނެ ކަމުގައެވެ.
އިތުރަށް ފައިސަލް ވިދާޅުވީ ޗައިނާގައި ކުރިޔަށްދިޔަ އައިޓީބީ ފެއަރ ގައި ޗައިނާގެ އީސްޓަރން އެއަރވޭސްގެ ވައިސް ޕްރިޒިޑެންޓާ ބައްދަލުކުރައްވާ ޗައިނާއިން ސީދާ ދަތުރުތައް އައްޑޫ ސިޓީއަށް ފެށުމަށް އެދިފައިވާނެކަމަށާއި، ސަރުކާރުގެ ޕްލޭނަކީ ދެކުނުގައި ހިމެނޭ ގއ، ގދ ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް އަންނަ ފަތުރުވެރިން އަންނަ މައި ތަނަކަށް އައްޑޫ ސިޓީ ހެދުންކަމަށެވެ.
އަޅުގަނޑުމެންގެ މީގައި ޕްލޭނަކީ އައްޑޫ، ގއ، ގދ ފުވައްމުލައް އެއްކޮށް ކޮމްބައިންކޮށް އައްޑޫއަށް ޑައިރެކްޓް ފްލައިޓް އެތަނަށް ގެނެވި މޯލްޑިވިައން އާ އެކީގައި އެތަނުގެ ސީޕްލޭން ހަބްގެ މަސައްކަތް ފެށި އެތަނުން ގެނެވޭ ފަތުރުވެރިން ދެން ހުރި ތަންތަނަށް ގެންދިޔުން. އެޓްރެފިކް އައްޑޫގައި ގާއިމުކުރެވިގެން 3000 އެނދު އެސަރަހައްދުގައި މިހާރުވެސް އެބަތިބި.
ފައިސަލް ވިދާޅުވިއެވެ.