ޔާމިން ވެރިކަން ކުރެއްވީ އިނދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލައިގެން: ފައިސަލް

ޔާމިން ވެރިކަން ކުރެއްވީ އިނދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލައިގެން: ފައިސަލް

ގުޅުންހުރި

ރައީސް ޔާމިން ރާއްޖޭގެ ވެރިކަން ކުރެއްވީ އިނދިކޮޅު ސިޔާސީ ވެރިން ޖަލަށް ލައްވައިގެންކަމުގައި މިސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންސީގެ ޖަގަހައިގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް މައުމޫންގެ ފޮޓޯފުޅު ދައްކަވައިގެން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޔާމިންވަނީ "ތުއްތޮންބެ" ޖަލަށް ލާފައިކަމަށާއި، ޔާމިން ވެރިކަން ކުރެއްވީ ދިވެހިރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުުޅުން، އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމުގައިވިޔަސް ކާނަލް ނާޒިމް ކަމުގައި ވިޔަސް އަދި ފާރިސް މައުމޫންވެސް ހިމެނޭގޮތުން އެ ހުރިހާ ބޭފުޅުން ޖަލަށް ލައިގެން ކަމުގައެވެ.

ރައީސް މައުމޫންގެ ފޮޓޯ ފުޅު ދައްކައިގެން އެ ބޭފުޅާގެ ތުއްތޮންބެ ގެންގޮސް ބޭންދީ ހަތް މަސް ދުވަސް ވަންދެން ޖަލުގައި. ދިވެހިރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުުޅުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމުގައިވިޔަސް ކާނަލް ނާޒިމް ކަމުގައި ވިޔަސް އަދި ފާރިސް މައުމޫން ކަމުގައިވިޔަސް މި އެންމެން ޖަަލަށްލައިގެން.

ފައިސަލް ވިދާޅުވި އެވެ.

މިރޭގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ ޔާމިންއަށް 2018 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބު ކާމިނުވެ ދިޔަ އެންމެ ބޮޑު ސަބަބަކީވެސް އަނިޔާވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނުން ކަމުގައެވެ.

އަޅުގަނޑު ހަނދާނަށް އަންނަނީ އާ ރަށަށް އެމަނިކުފާނު ކަރުތާފެނަށްލައިގެން އެތާނގައި ކަރުތާފެނަށް މޫދަށް ލައިގެން ސިހުރުހާހޫރު ހަދަން ދެ އަންހެނެއްގެ ވިސްނުމަށް އެމަނިކުފާނު އެތާ އިންނެވިއިރު ކޮން ވާހަކައެއްތޯ މިއަދު އަޅުގަނޑުމެން ކައިރީ ދައްކާނީ.

ރައީސް ޔާމިނަށް ފާޑުވިދާޅުވަމުން ފައިސަލް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ