ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޝާހިދު އެދިވަޑައިގެންފި

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޝާހިދު އެދިވަޑައިގެންފި

Author
އަހުމަދު
11 ޖުލައި 2024 08:43
0

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އދގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ އިސްވެރިޔާ ވޮލްކަރ ޓޫރކް އާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުން އޮތީ މިއަދު ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އދގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ އިންސާނީ ހައްގުތަކުގެ ޙާލަތާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ޝާހިދުގެ ވާހަކަފުޅުގައި އިންސާނީ ހައްގުތަކުގެ މުހިއްމުކަމާއި، އަދި އަދުގެ ދުނިޔޭގެ ހައްގުތަކަށް އަރައިގަތުން އިތުރުވެފައިވާ މައްސަލައާމެދު ވާހަކަފުޅު ދައްކަވައި، ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަނެވިފައިވާކަން ފާހަގަކުރައްވައި، އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށް، އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ އަރިހުން ޝާހިދު އެދިވަޑައިގަތެވެ.

އދގެ ހައިކޮމިޝަނަރ ފޮރ ހިއުމަންރައިޓްސްގެ ވާހަކަފުޅުގައި، އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު އިންނެވިއިރު އިންސާނީ ހައްޤުތައް ކަށަވަރުކޮށް ކުރިއެރުވުމަށް ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެކަމަށް ތަޢުރީފުކުރެއްވިއެވެ.

އަދި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅާއި، ޝާހިދުގެ ވަޒީރުކަމުގައި ޖެނީވާގައި ދިވެހިރާއްޖެއިން އަދާކުރި އިސް ދައުރަށްވެސް އެމަނިކުފާނު ތަޢުރީފްކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.