ދެ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފިއެވެ.
އިމިގްރޭޝަނުން ހޯދަން އިއުލާން ކޮށްފައިވަނީ ލަންކާ ރައްޔިތެއް ކަމަށްވާ އަހުމަދު ފަސީރު މުހައްމަދު ޖަލީލު (33 އ) އާއި އިންޑިޔާ ރައްޔިތެއް ކަމަށްވާ ރާމްޗަންދްރަ ޕްރަޖާޕަތީ (44 އ) އެވެ.
އެ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، އިމިގްރޭޝަންގެ ނަންބަރު 9199017 އަށް ގުޅައިގެން މައުލޫމާތު ދިނުމަށް އެދިފައިވެއެވެ.
ނުވަތަ، risk@immigration.gov.mv އަށް މެއިލް ކޮށްގެން މައުލޫމާތު ހިއްސާ ކުރުމަށް އެދިފައިވެއެވެ.