ވަގު ޕާސްޕޯޓު ބޭނުންކޮށް ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއަކު ހިފަހައްޓައިފި

ވަގު ޕާސްޕޯޓު ބޭނުންކޮށް ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއަކު ހިފަހައްޓައިފި

ގުޅުންހުރި

ވަގު ޕާސްޕޯޓު ބޭނުންކޮށް ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއަކު އިމިގްރޭޝަންއިން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަންއިން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ނަކަލުކޮށްފައިވާ (Counterfeit) ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން 03 ޖުލައި 2024 ވީ ބުދަ ދުވަހު ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 04 ބިދޭސީން ވަނީ ހުއްޓުވާފައި ވާކަމުގައެވެ.

ފަހަކަށް އައިސް އިމިގްރޭޝަނުން ގެންދަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ގިނަ ބިދޭސީންތަކެއް ހައްޔަރުކުރަމުންނެވެ.

އެގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ދަށުން ފާއިތުވި ހަފްތާގައާއި މިހަފްތާގައިވަނީ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރު ކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ، ވިޔަފާރި ކުރަމުންދާތީ އެ ފަދަ ތަންތަން ދެނެގަންނަން އިމިގްރޭޝަނުން މަސައްކަތް ފަށާފައިވާއިރު، އެފަދަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އިމިގްރޭޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ 1800 ބިދޭސީން ވަނީ އަނބުރާ ފޮނުވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ