ސައީދު އެމެރިކާއަށް ފުރާވަޑައިގެންފި

ސައީދު އެމެރިކާއަށް ފުރާވަޑައިގެންފި

Author
ޙަސަން މުޙައްމަދު
09 ޖުލައި 2024 12:23
0

ރާއްޖެ އާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ވަޑައިގެންފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދަތުރުގެ ތެރެއިން ސައީދު، އެމެރިކާގެ ޓްރޭޑް މަންދޫބުންނާއި އެމެރިކާގެ ޗެމްބާ އޮފް ކޮމާސްގެ މެމްބަރުން އަދި އެމެރިކާ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިނާ ބައްދަލުކުރައްވާނެ ކަމަށެވެ.

އެ ބޭފެޅުންނާ ބައްދަލުކުރައްވައި އެމެރިކާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ފުޅާކޮށް، އިންވެސްޓްމެންޓްތައް އިތުރުކުރުމާ ގުޅޭގޮތުން މިނިސްޓަރު މަޝްވަރާކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ރަސްމީ ދަތުރެއްގައި ސައީދު އެމެރިކާއަށް މިއަދު ވަޑައިގެންނެވި އިރު، މިދިޔަ މަހުގެ ފަހުކޮޅު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ އެމެރިކާއަށް ރަސްމީ ދަތުރެއް ކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.