ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމާއި ރާއްޖޭގައި ހިންގަމުންދާ ސައިބަރ ކުށްތަކުން ރައްކާތެރިކުރުވުމަށް ތ. މަޑިފުށި ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މަޑިފުށި ޕޮލިސް ސްޓޭޝަނުން މި މަހު 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަންގައި، އިންޓަނެޓް ބޭނުންކުރާއިރު ވިސްނަންޖެހޭ ކަންކަމާއި، ސައިބަރ ކްރައިމްގެ ނުރައްކާތެރިކަމާ ގުޅޭގޮތުންނާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި، ސްކޭމްގެ މައްސަލަތަކާއި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، ޕޭރަންޓަލް ކޮންޓްރޯލް އެޕްލިކޭޝަންތައް ބޭނުންކުރުމުގެ މުހިންމުކަމާއި ބޭނުންކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.
މަޑިފުށި ހެލްތު ސެންޓަރުގައި ކުރިއަށްގެންދިޔަ މި ސެޝަންގައި އެ ސެންޓަރުގެ ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ.