ސިހުރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި ޝަމްނާޒުގެ ބަންދަށް އިތުރު 5 ހަތްދުވަސް ޖަހައިފި

ސިހުރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި ޝަމްނާޒުގެ ބަންދަށް އިތުރު 5 ހަތްދުވަސް ޖަހައިފި

ގުޅުންހުރި
ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތަށް އަނެެއްކާވެސް 5 ދުވަސް ޖަހައިފިއެވެ.

ޝަމްނާޒާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް ގެ ބަންދަށް މީގެކުރިންވެސް ވަނީ 7 ދުވަސް ޖަހާފައެވެ.

ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަދުވަހުއެވެ. ޝަމްނާޒާއި އެކު އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް އިތުރު ތ. ކިނބިދޫ ހުސައިން ސަމީރުވެސް ހައްޔަރުކުރި އެވެ. އޭނާ ވަނީ މީގެ ކުރިން ދޫކޮށްލާފައެވެ.

ޝަމްނާޒާއި އޭނާގެ ކޮއްކޮ ބަންދުގެ މުއްދަތުގެ އަޑުއެހުން މިއަދުވެސް ގެންދިޔައީ ސިއްރުކޮށްގެނެވެ. މި މައްސަލާގައި މި ތިން މީހުންވެސް ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު، ހިތްޕުޅާވޭތޯ "އިސްތިރި" އެއް ހެދި ކަމަށް ތުހުމަތު ކުރެވިގެން  ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކުރި ނަމަވެސް އެކަމާއި ރައީސްގެ ދަ ކަނބަލުންނާއި ގުޅުމެއް ނެތްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ހުށައެޅީ މުލިއާގެއިން ނޫންކަމަށްވެސް ވަނީ ބުނެފައެވެ.

މި މައްސަލަ ފެންމަތިވުމުން ޝަމްނާޒާާއި އޭނާގެ ކޮއްކޮގެ އިތުރުން އޭނާގެ ކުރީގެ ފިރިމިހާ އާދަމް ރަމީޒު ވަނީ މަގާމުން ސަސްޕެންޑްކޮށްފައެވެ. ރައީސް ޑރ. މުއިއްޒާއި ވަރަށް އަރިސްކޮށް އުޅުއްވި ރަމީޒު ހުންނެވީ ރައީސް އޮފީހުންގެ މިނިސްޓަރުގެ މަގާމުގައެވެ. ޝަމްނާޒް ހުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ. އޭނާގެ ކޮއްކޮ ސަނާ ހުރީ އެ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ