އަލިފާނުގެ ހާދިސާއާއި ގުޅިގެން ޣައްސާނުގެ އެހީ އާއިލާއަށް

އަލިފާނުގެ ހާދިސާއާއި ގުޅިގެން ޣައްސާނުގެ އެހީ އާއިލާއަށް

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2020 08:14
0

ތ.ގުރައިދޫގެއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން އެގޭގެ ވެރިފަރާތަށް އެހީތެރިކަން ފޯރުކޮށް ދެއްވައިފި އެވެ.

މިއަދު މި ހާދިސާ ހިނގާފައިވަނީ ހުކުރު ގަޑީގައި ކަމަށްވުމުން އަލިފާން ނިއްވުމަށް ދަތިތަކެއް ކުރިމަތިވިނަމަވެސް ފުލުހުންނާއި އާންމުންގެ އެހީތެރިކަމާއިއެކު އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވިނަމަވެސް ރޯވި ގެ ވަނީ އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މިހާދިސާގައި ގެއަށް ލިބުނު ގެއްލުން އެއްމިޔަލަށްވުރެ ބޮޑުވާނެކަމަށް ލަފާކުރާއިރު، މިކަމުގައި އެހީތެރިކަން ފޯރުކޮށް ދެއްވުމުގެ މަސައްކަތް ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ކުރަމުންދާކަމަށް ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވަނީ ވިދާޅުވެފަ އެވެ.

އާއިލާގެ ފަރާތުން އެދިވަޑައިގެންނެވި ކަންތައްތަކުގެ އިތުރުންވެސް މިވަގުތުން މިވަގުތަށް އާއިލާގެ ކަންކަން ހަމަޖެއްސުމަށް ޣައްސާންގެ އެހީތެރިކަން ވަނީ އެގޭގެ ވެރިފަރާތަށް ދެއްވާފައެވެ. ފައިސާގެ މިއެހީ ޣައްސާނު ދެއްވުމާއި ގުޅިގެން ކައުންސިލާއި ގޭގެ ވެރިންގެ ފަރާތުންވަނީ މެމްބަރަށް ޝުކުރު އަދާކުރައްވާފައެވެ.

ގުރައިދޫގައި އަލިފާނުގެ ހަދިސާ ހިނގި ގޭގައި ދިރިއުޅޭމުންދިޔައީ ދެ މީހުންނެވެ. އެގޭގައި ދިރުއުޅޭ ސްކޫލް ކުއްޖެއްގެ ޔުނިފޯމްތަކާއި ފޮތްތަކާއި އަންނައުނުތައްވެސް ވަނީ އަނދާފައެވެ. އެ ގޭގައި އަލިފަނުގެ ހާދިސާ ހިނގި ސަބަބެއް އަދި ނޭގޭއިރު ފުލުހުންދަނީ އެމައްސަލަ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.