ޝަކުވާ ހުށަހެޅުމުގެ ފުރުސަތުނުދީ، އެތައްބައެއްގެ ހައްގު ގެއްލި، އޭސީސީއަށް

ޝަކުވާ ހުށަހެޅުމުގެ ފުރުސަތުނުދީ، އެތައްބައެއްގެ ހައްގު ގެއްލި، އޭސީސީއަށް

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 11:58
0

ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓު ކޮމެޓީން އިއުލާން ކުރިއިރު H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރުވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީއިން އާއްމުކޮށް އިއުލާން ނުކުރުމުން ގިނަ ބައެއްގެ ހައްގު ގެއްލި މައްސަލަ އޭސީސީއަށް ހުށަހަޅަން ފަށައިފިއެވެ.

"އާއްމުންގެ އެކުވެރި ގުޅުން" ޖަމިއްޔާ އިން ބުނެފައިވަނީ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓު ކޮމެޓީން އިއުލާން ކުރިއިރު H7 ފިޔަވައި އެހެން ހުރިހާ ބައެއްގެ ޝަކުވާ ހުށަހެޅުުމުގެ ފަހު ތާރީހު ހަމަވެފައިވާކަމަށެވެ. H7 ފިޔަވައި އެހެން އެއްވެސް ކެޓެގަރީއެއްގެ ބަޔަކަށް ދިރިއުޅުމުގެ ހާލަތަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލި މުއްދަތުގައި ނުލުބި، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ ދާއިމީ ލިސްޓު ނެރުމަކީ އެތައް ހާސް ބައެއްގެ ހައްގަށް އަރައިގަނޭ ކަމަކަށް ވާނެކަމަށެވެ.

ދާއިމީ ލިސްޓު ނެރުމުގެ ކުރިން ޝަކުވާ ހުށަހަޅަން ފުރުސަތުދޭން އަޅުގަނޑުމެން ގޮވާލި ގޮވާލުމަށް ފްލެޓްކޮމެޓީން އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން ޖަވާބެއް ދީފައި ނުވާތީ މި ކަމާއި ގުޅިގެން އޭސީސީއަށް އަށް ސިޓީ ލުމަށް އަޅުގަނޑުމެން ވަނީ ވަކިވަކި މެންބަރުންނަށް އިރުޝާދު ދީފަ.

– "އާއްމުންގެ އެކުވެރި ގުޅުން" ޖަމިއްޔާ އިން ބުނެފައިވެއެވެ.

ފްލެޓްތަކުގެ ޝަކުވާ އޭސީސީއަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ސިޓީގައި ބުނެފައިވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ، ފައިނަލް ލިސްޓު ނެރެފިނަމަ، އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އާންމު ނުކުރީ ވަކި ބަޔަކަށް ނާޖާއިޒު މަންފާވާނެ ގޮތަކަށް އަމަލުކުރަންކަމަށް ޤަބޫލު ކުރެވޭކަމަށެވެ.

ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން އުސޫލު ހާމަކުރީ ޑިސެމްބަރު 7 ވަނަ ދުވަހު އެވެ. އޭރު H7 ފިޔަވާ އެެހެން ހުރިހާ ބައެއްގެ ޝަކުވާ ހުށައަޅަންޖެހޭ ފަހު ތާރީހު ވަނީ ހަމަވެފައެވެ.

މިއަދުން ފެށިގެން މެންބަރުން މިސިޓީ އޭސީސީއަށް ފޮނުވަމުން ގެންދަވާއިރު، ޖަމްއިއްޔާއިން ވަނީ އަނެއްކާވެސް ފްލެޓުވެރިންގެ ޝަކުވާ އަޑުއަހައި، ހައްގުތައް ހަނި ނުވާނެ ގޮތަށް މިކަން ކުރިއަށް ގެންދިޔުމަށް އެންމެން އިށީނދެ މަޝްވަރާ ކުރުމަށް ފްލެޓުކޮމެޓީގެ މެންބަރުންނާއި އަދި ވަޒީރު އަރިހުން އެދިވަޑައިގެންފައެވެ. 

ޝަކުވާ ހުށައެޅުމުގެ އަސާސީ ހައްގު އާންމުންނަށް ނުދީ ދާއިމީ ލިސްޓު ނެރުމުން ދެން ނިކުންނާނެ މައްސަލަތައް އިތުރަށް "ކޮމްޕްލެސް" ވެފައި، ހައްލު ކުރަން އުދަގޫވެ، އަނެއްކާވެސް އެތައް ވަގުތެއް ބޭކާރުވެގެން ދާނެ. ވީމާ އެނގިތިބެ މިފަދަ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް. ޝަކުވާ ހުށަހެޅުން ފަދަ އަސާސީ ހައްގެ ހޯދަން އާންމުމީހާ މިގޮތަށް ސިޓީލައި، އެމީހާ އަށް މިގޮތަށް "ގަނަތެޅެން" މަޖުބޫރު ކުރުވުމަކީވެސް ވަރަށް ދެރަކަމެއް. އާންމުންނަށް ޝަކުވާ ހުށަހެޅުުމުގެ އަސާސީ ހައްގެއް ދީގެން ހެޔޮވެެރިކަމެއް ކުރާ ބަޔަކަށް ލިބޭނެ ގެއްލުމެއް އޮވެދާނެކަމަކަށް ނުފެނޭ.

– "އާއްމުންގެ އެކުވެރި ގުޅުން" ޖަމިއްޔާ އިން ބުނެފައިވެއެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ފައިނަލް ލިސްޓް މިމަހުގެ ނިޔަަލަށް ޢާންމުކުރާނެކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ވަނީ ބުނެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް ލިސްޓު އާންމުކޮށްފައި ނުވެއެވެ.

ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑު ޢާންމުކުރައްވާފައިވާ ކެޓެގަރީތަކަކީ:

H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) ކެޓަގަރީ
H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީ
H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ) ކެޓަގަރީ
H7 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
H8 (މާލޭ ރަށްވެހިންނަށް ހާއްސަ) ކެޓަގަރީ
H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ހާއްސަ) ކެޓަގަރީ

މިދިޔަ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް ކުރިމަތިލި ކެޓަގަރީގެ ވަގުތީ ލިސްޓު ނެރުމާ އެކު ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.