ނަޝީދުގެ ހިޖުރީ އާއަހަރުގެ މެސެޖު: އެދެނީ އިސްލާމީ އުއްމަތަށް ނަސްރާއި ކާމިޔާބީއަށް

ނަޝީދުގެ ހިޖުރީ އާއަހަރުގެ މެސެޖު: އެދެނީ އިސްލާމީ އުއްމަތަށް ނަސްރާއި ކާމިޔާބީއަށް

Author
ހުސައިން
07 ޖުލައި 2024 12:53
0

ހިޖުރީ އާއަހަރުގެ ތަހުނިޔާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ހިޖްރީ ސަނަތުން 1446 ވަނަ އަހަރު ފެށުމުގެ މުނާސަބާތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޖުރީ އާއަހަރު އަޅުގަނޑުމެންނާއި ބައްދަލުކުރަނީ ސޫދާން ބަރުމާ އަދި ފަލަސްތީނުގެ މުސްލިމުންނަށް ދެރަ އާއި ތަކުލީފް ތަޙައްމަލުކުރަންޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

ނަޝީދުގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ހިޖުރީ އާއަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ. ރައީސް މުޢިއްޒު ފޮނުއްވި ޚިތާބުގައި ވިދާޅުވީ، ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމައިގެ ނާމާން ޙާލަތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.