ސިދާތުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

ސިދާތުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

Author
ފާތިމަތު ނާވީ
07 ޖުލައި 2024 09:13
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާތް މަލޯތްރާ ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ އެވެ.

މިކަމަށް ސަމާލު ވުމަށް އިލްތިމާސް ކުރަމުން ސިދާތު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އާއި އާއިލާ އާއި ފޭނުންނާއި އަދި ޓީމްގެ ނަމުގައި ބަޔަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ހޯދަން މަސައްކަތްކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން އެފަދަ އެއްވެސް ކަމެއް ސިދާތުގެ ފަރާތުން ނުހިންގާ ކަމަށާއި އެއީ ބަޔަކު ހިންގަމުންދާ ސްކޭމަކަށްވާތީ އެކަމަށް އެންމެން ވެސް ސަމާލުވުމަށް ސިދާތު އެދިފައިވެ އެވެ.

ނަމަވެސް މި ސްކޭމްގައި ބައެއް މީހުން ޖެހި އެކަމުގެ ވާހަކަ ވަނީ ދައްކައިފައިއެވެ. އެގޮތުން އޭނާގެ ސަޕޯޓަރެއްގެ އަތުން 50 ލައްކަ ރުޕީސް ގެއްލި އެކަމުގެ ޒިންމާ ސިދާތުގެ ފޭން ޕޭޖުތައް ހިންގާ އިދާރީ މީހުންނަށް ވަނީ އަމާޒު ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Sidharth Malhotra (@sidmalhotra)

ސިދާތު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ އެމޭޒަން ޕްރައިމްއިން ރޯހިތު ޝެޓީ ގެނެސްދިން ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގެ އެއް ލީޑުން ނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.